ދުނިޔެ

ޙަލަބަށް ދިން ވައިގެ ހަމަލާތަކެއްގައި 43 މީހުން މަރުވެއްޖެ


ސޫރިޔާގެ ހުޅަނގުގައި އޮންނަ ޙަލަބަށް ދިން ވައިގެ ޙަމަލާތަކެއްގައި ޢާއްމުންގެ 43 މީހުން މަރުވެއްޖެއެވެ.

މި ޙަމަލާ ދީފައިވަނީ ޙަލަބުގެ ޢަލް ޢަތްރިބުގެ ކާރޫބާރޫ ބޮޑު ބާޒާރަކަށް ކަމަށާއި، މި ޙަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާކަމަށް އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

ޙަލަބަށް ވައިގެ ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ ކުށެއް ނެތް ޢާއްމުންގެ ގިނަ ބަޔަކު މަރާލާފައިވަނީ ސޫރިޔާގެ އަސްކަރިއްޔާއިންކަމަށް ސޫރިޔާގެ ދާޚިލީ ހަނގުރާމަ ގާތުން ވިލަރެސްކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސުން ވަނީ ބުނެފައެވެ.

މިޙަމަލާގެ ސަބަބުން ސޫރިޔާގައި ޞުލްހަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް އެޅިގެންދާނެކަމަށް މުރާސިލުން ދެކެއެވެ.