ޚަބަރު

މަސްވެރިންގެދުވަހު ގެމަނަފުށީ އިސްރަށްވެހިންނަށް ޚާއްސަފުރުސަތެއް


މިއަހަރުގެ މަސްވެރިންގެ ދުވަހު ގެމަނަފުށީ އިސްރަށްވެހިންނަށް, މަހަށްދިއުމުގެ ފުރުސަތު އެރަށު މަސްދޯންޏަކުން ހުޅުވާލައިފިއެވެ. 

ގެމަނަފުށީގައި ދުއްވާއެންމެ ބޮޑު އެއްދޯނިކަމަށްވާ ގެލަރީ ވިޝަންއިންބުނީ އެދުވަހު މަހަށްދިއުމުގެފުރުސަތު ފަންސަވީސް އިސް ރަށްވެހިންނަށް ހުޅުވާލާފައިވާކަމަށެވެ. އަދި އެދުވަހުލިބޭ ފައިސާ ބެހުމަށް ހަމަޖެހިފައިވަނީވެސް އިސް ރަށްވެހިންނަށްކަމަށް ގެލަރީވިޝަން ދޯނިން ބުނެވެ. 

އެދުވަހު އިސްރަށްވެހިންނާއެކު އެދޯނިން މިހާރު މަހަށްދާ، 25 މީހުންވެސް ބައިވެރިވާނެކަމަށާއި އެދުވަހުގެ މަސްވެރިކަމާ ގުޅުންހުރި ހުރިހާކަމެއްގައި ހަރަކާތްތެރިވާނީ އިސްރަށްވެހިންކަމަށް އެދޯނިންބުނެެވެ. ނަމަވެސް އެމީހުން ބޭނުންވާ ކޮންމެ ވަގުތަކު ދޯނީގެފަޅުވެރިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އެދޫނިން ބުނެއެވެ. 

މިފަދަ ފުރުޞަތެއްއިސްރަށްވެރިންނަށް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އެމީހުންނަކީ ޒަމާނުންސުރެ މަސްވެރިކަން ކުރަމުންއައި މީހުންކަމަށްވާތީ، އެޒަމާނުގައި މަސްވެރިކަން ކުރިގޮތާއި މިހާރު މަސްވެރިކަން ކުރާގޮތް ޢާމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދިނުންކަމަށް އެ ދޯނިން ބުނެއެވެ. 

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރ މަހު 10 ވަނަ ދުވަހުއެވެ. މިދިޔައަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ގެމަނަފުށީގައެވެ. އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ސަބަބުންމަސްވެރިންނާއި ރައްޔިތުންނާމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ރަށުގެއިޖުތިމާޢީ ގުޅުން ބަދަހިވެގެންގޮސްފައިވާކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ. މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހއ.އިހަވަންދޫގައެވެ.