ޚަބަރު

މޯލްޑިވިއަން އައިޑަލް ސީޒަން 3: މެއިން ސްޕޮންސަރަކަށް އެލައިޑް!


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފްރެންޗައިޒް ޓީވީ ޝޯ، މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ހަމަޖައްސައިފިއެވެ. 

މިކަން ޢިއުލާންކުރީ ޕީއެސްއެމްއާއި އިންޝުއަރެންސްއާ ދެމެދު މިކަމަށް އެއްބަސްވެ ސޮއިކުރުމަށްބޭއްވި ރަސްމިއްޔާތުގައެވެ. ފާއިތުވި 2 ސީޒަނުގައިވެސް މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކީ އެލައިޑެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލައިޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަމީލް ވިދާޅުވީ މޯލްޑިވިއަން އައިޑަލް ސްޕޮންސަރކޮށް ޝޯގައި ޙަރަކާތްތެރިވުމުގައި އެކުންފުނީގެ މުވައްޒަފުންގެ ޙިއްސާ ވަރަށްބޮޑުކަމަށެވެ. 

މޯލްޑިވިއަން އައިޑަލް ސީޒަން 3ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އޮޑިޝަންތައް ވަރަށް އަވަހައް ފަށާނެކަމަށް އައިޑަލް ޓީމުން މަޢުލޫމާތުދެއެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޕްރެޒެންޓަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ މޫސާ ވަސީމްއާއި ޝައިނާ ޝަރީފެވެ.