ޚަބަރު

ފިންލޭންޑުގެ ސަފީރު ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި


ފިންލޭންޑުން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ރައުލީ ސުއިއްކަނެން ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ފިންލެންޑާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް، ސަފީރު ރައުލީގެ ދައުރުގައި ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކުރައްވާ ސަފީރަށް ފޮރިން މިނިސްޓަރ އާސިމް ޝުކުރު އަދަކުރެވިއެވެ. އަދި ފިންލޭންޑްގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއާ ފިންލޭންޑްއާއި ދެމެދު ތަޢުލީމާއި ހަކަތައާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.