ޚަބަރު

ދޯންޏެއްގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑުން ޙަރަކާތްތެރިވާން ފަށައި


މަސްވެރިކަމަށް ނުކުމެ އުޅުނު "ނިޔަވާލި" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ދޯނީގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ މިމަހު 08 ވީ ބުދަ ދުވަހުގެ 19:22 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތާ ޙަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކުރެއެވެ. މި ދޯންޏަކީ ދިގުމިނުގައި 85 ފޫޓު ހުރި، ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ކަޅުކުލައާއި ހުދު ކުލަ ލާފައިވާ ދޯންޏެއްކަމަށާ، މި ދޯނީގައި 18 މީހުން ތިބިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ކޯސްޓްގާޑުން ބުނެއެވެ. އަދި އޭގެތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ދެ ބިދޭސީންކަމަށްވެސް އެފަރާތުން ހާމަކުރެއެވެ. 

މި އުޅަނދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެފަރާތުން އިލްތިމާސްކުރެއެވެ.