ސިޔާސީ

މަޖިލީސް އިންތިޙާބާއި ގުޅިގެން ހުށަހެޅި މައްސަލަތަކުގެ ޝަރީއަތް މާދަމާ





 


ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ޝަރީއަތް މާދަމާ ބޭއްވުމަށް ހައިކޯޓުން ތާވަލްކޮށްފިއެވެ.


 
ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ގުޅިގެން ތޭރަ ދާއިރާއެއްގެ މައްސަލަ މާދަމާ ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އެދާއިރާތަކުގެ އަޑުއެހުންތައް ނިންމާލާފައި ވީނަމަވެސް، ފަނޑިޔާރުން ވިދާޅުވެފައިވަނީ އެމައްސަލަތަކާއި ގުޅޭ އިތުރުކަމެއް ސާފްކުރަން ނުޖެހޭނަމަ ނުވަތަ ހެކިން ހާޒިރުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. އެމައްސަލަތައް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު ނުވައަކުން މެންދުރުފަހު ދޭއް ޖެހުމާ ހަމައަށެވެ.


 
 


އިންތިޚާބާއި ގުޅިގެން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާ ތޭރަ ދާއިރާއަކީ، އައްޑޫ ސިޓީގެ ފޭދޫ ދާއިރާ އާއި، ހިތަދޫ މެދު ދާއިރާ އާއި، ހިތަދޫ އުތުރު ދާއިރާ އާއި، ފުނަދޫ ދާއިރާ އާއި، ތިމަރަފުށި ދާއިރާ އާއި، ކުރެންދޫ ދާއިރާ އާއި ނޮޅިވަރަމް ދާއިރާގެ އިތުރުން ނައިފަރު ދާއިރާ އާއި ވިލިނގިލި ދާއިރާ އާއި، ފެލިދޫ ދާއިރާ އާއި، ކާށިދޫ ދާއިރާ އާއި، ގެމަނަފުށި ދާއިރާ އާއި އިސްދޫ ދާއިރާއެވެ.