ކުޅިވަރު

ފުރަތަމަ ބުރުން އެއްވަނަ ހޯދީ ކިންގްސްއާއި ސައިކްލޯން ބީސީ


ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުން އެއްވަނަ ކިންގްސް ބީސީއާއި ސައިކްލޯން ބީސީ ހޯދައިފިއެވެ. 

ފުރަތަމަ ބުރުގެ އެއްވަނަ ފިރިހެންޑިވިޝަންގެ ކިންގްސް ބީސީ ހޯދީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދެވަނަ ބުރުގައި އެޓީމް ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ފުރަތަމަ ބުރުން ތިންވަނަ ހޯދި ރެޕްޓާރސް ބީސީއާއެވެ. ފުރަތަމަ ބުރުން ދެވަނަ ހޯދީ ޓީރެކްސް ބީސީއެވެ. އެޓީމް ފުރަތަމަ ބުރުގައި ބަލިވީ ކިންގްސް ބީސީ އަތުންނެވެ. ދެވަނަ ބުރުގައި އެޓީމް ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ފުރަތަމަ ބުރުން ފުލަށް ދިޔަ ދަ ބައުސް ސްޕޯރޓްސް ކްލަބާއެވެ. 

ފުރަތަމަ ބުރުން އަންހެން ޑިވިޝަންގެ އެއްވަނަ ހޯދި ސައިކްލޯންގެ ފުރަތަމަ މެޗުގައި މާދަމާރޭ ވާދަކުރާނީ ރެޑްވިންގްސް ބީސީއާއެވެ. ރެޑްވިންގްސްއަކީ ފުރަތަމަ ބުރުގެ ތިންވަނަ ޓީމެވެ. އަންހެން ޑިވިޝަންގައި ފުރަތަމަ ބުރުން ދެވަނަ ހޯދި ޖިބިއްލީ ސްޕޯރޓްސް ދެވަނަ ބުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ފުރަތަމަ ބުރުން ފުލަށްދިޔަ ފުލިދޫ ޔޫތް ސްޕޯރޓްސް ކްލަބާއެވެ. ފުރަތަމަ ބުރުގައި ފުލިދޫ ސްޕޯރޓްސް ކްލަބް ކުޅުނު ފަހު މެޗުގައި ރެޑްވިންގްސް ބާސްކެޓް ބޯޅަ ކްލަބް އަތުން ވަނީ ބަލިވެފައެވެ. ފުލިދޫ ޓީމް ބަލިވީ ވިހި ޕޮއިންޓް، ހަތްދިހަ ޕޮއިންޓުންނެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި ރޭ ޖިބިލީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދާ ފުރަތަމަ ބުރުން އެއްވަނަ ކަށަވަރުކުރިއެވެ. ސައިކްލޯން މެޗު ކާމިޔާބުކުރީ ފަންސާސް ތިން ޕޮއިންޓް އަށާވީސް ޕޮއިންޓުންނެވެ.