ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައް ޅ.އަތޮޅުން ދޭން ފަށައިފި


ޓްރާންސްޕޯރޓް އޮތޯރިޓީން ދެމުންގެންދާ ޚިދުމަތްތައް ޅ.އަތޮޅު ކައުންސިލް މެދުވެރިކޮށް ދޭން ފަށައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ޚިދުމަތްތައް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން ވަނީ، އެއްގަމު އުޅަނދުފަހަރުގެ ސީ- ޒޯން ލައިސަންސް ފޮތް، އޭ- ޒޯން ލައިސަންސް ކާޑަށް ބަދަލުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ޅ.އަތޮޅުގެ ރަށްތަކުގައި ފަށާފައެވެ.

ފުރަތަމަ ޕްރޮގްރާމް ހިންނަވަރުގައި އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު، ދުއިއްސައްތައަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީޤް ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން ދެމުން އަންނަ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަކީ ސަރުކާރުން ވަރަށްބޮޑަށް އަހަމިއްޔަތުކަމެއް ދޭ ކަމެއްކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ އެމިނިސްޓްރީން ދެމުން އަންނަ ވިޔަފާރިއާ ގުޅޭ ޚިދުމަތްތައްވެސް އަތޮޅުގެ ރަށްތަކުން ދޭން ފަށާފައެވެ.