ޚަބަރު

ނަސްރުގެ ދުވަހުގެ މުނާސަބަތުުގައި "ވިކްޓަރީ ރަން" ބާއްވައިފި


ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ދުވުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ވިކްޓްރީ ރަންގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވި މި މިހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު ހައެއް ޖެހިއިރުއެވެ. 

img:http://s1.psmnews.mv/images/660x400/15097778971456.jpg|އެމްއެންޑީއެފުން ބޭއްވި ވިކްޓަރީ ރަން / ފޮޓޯ: އެމްއެންޑީއެފް

މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާ ކޮށިން ފެށިގެން އުތުރަށްގޮސް މާލެވަށައިގެން ބޮޑުތަކުރުފާނު މަގުގައެވެ. އަދި ދުވުން ނިންމާފައިވަނީވެސް ކަޅުތުއްކަލާ ކޮށްޓަށެވެ. "ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. އަދި ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަސްރުގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފުން ގެންދަނީ ތަފާތު ގިނަ ހަރަކާތްތައް ހިންގަމުންނެވެ.