ޚަބަރު

ހުކުރު އުފާ - ޚާއްސަ ޕެނަލް ޑިސްކަޝަނެއް މިރޭ އޮންނާނެ


ހުކުރު އުފާގެ ހަރަކާތްތަކުގެ ތެރެއިން މިރޭ ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ނިންމައިފިއެވެ. 

ނަސްރުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކާނީ ނަޞްރުން ލިބޭ ޢިބްރަތްތަކާއިބެހޭ ގޮތުންނެވެ. މިޕެނަލް ޑިސްކަޝަންގައި މައުލޫމާތު ހިއްސާކުރައްވާނީ މުޙައްމަދު ސަލީމް އާއި އައްޝައިޚް ހައިޘަމް މުޙައްމަދުއެވެ. ހުކުރު އުފާގެ މިރޭގެ ދަންފަޅި ކުރިއަށްދާނީ އިސްލާމީ މަރުކަޒް ހޯލްގައެވެ. ވިއްސާރަވުމާއި ގުޅިގެން ހުކުރު އުފާގެ ހަވީރުގެ ދަންފަޅި ވަނީ ކެންސަލްކޮށްފައެވެ.

ހުކުރު އުފާ އަކީ އިސްލާމިކް މިނިސްޓްރީއާއި ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދާ ދީނީ ފެސްޓިވަލެކެވެ.