ޚަބަރު

އޭ 350 މަރުކާގެ މަތިންދާބޯޓުގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ މަތިންދާބޯޓުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. 

ދަތުރުތައް ފެށުމުގެ ގޮތުން ރާއްޖެއައި ފުރަތަމަ ބޯޓް އައީ އިއްޔަ ތިނެއް ޖެހިއިރުއެވެ. މިއީ އެއާބަސްގެ އޭ 380 މަރުކާގެ ބޯޓު ފިޔަވައި އެންމެ ގިނަ ފަސިންޖަރުން އުފުލޭ ސައިޒްގެ ބޯޓެކެވެ. ގަތަރު އެއާވޭސްގެ އެ ބޯޓުން ދުއިސައްތަ އަށްޑިހަ ތިން މީހުން އުފުލޭނެއެވެ. ރާއްޖެއަށް އޭ 350 މަރުކާގެ ބޯޓްތަކުގެ ދަތުރުތައް ފެށުމާގުޅިގެން ގަތަރުއެއަރވޭސް ގްރޫޕްގ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްބަރު އަލް ބަކަރު ވިދާޅުވީ، މިމަރުކާގެ ބޯޓްތައް ރާއްޖެއަށް ފުތަތަމަ އޮޕަރޭޓް ކުރާ އެއަރލައިނަކަށް ގަތަރު އެއަރވޭސް ވުމަކީ އެ އެއަރލައިނަށް ލިބޭ ބޮޑު ފަހުރެއްކަމަށެވެ. 

ގަތަރު އެއަރވޭސްއިން މިހާރު ވެސް ދުވާލަކު ދެ ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރެއެވެ. މި އަހަރުގެ ސީޒަނާ ދިމާކޮށް އިތުރު އެއާލައިންތަކުން އަލަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ވެސްވަނީ ނިންމާފައެވެ.