ކުޅިވަރު

އައްޑޫ ސްކޫލްތަކުގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފި


ހޮރައިޒަން އެކަޑަމީން އައްޑޫގެ ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ބެޑްމިންޓަން މުބާރާތެއް ބާއްވައިފިވެ.

ޓީޗަރުންނަށް އަމާޒުކޮށްގެން ބޭއްވި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މެތިއު ޖޯސެފްއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މުހައްމަދު އަދުޝަންއާއި ވާދަކޮށް ސީދާ 2 ސެޓުން މެޗް ކާމިޔާބްކޮގެންނެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަޖުމީއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިނަތު ރައުފާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ.

 މި މުބަރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މެތިއުއާއި އަބްދުއްރަހްމާންގެ ޕެއަރއެވެ. ފައިނަލްގައި އެދެކުޅުންތެރިން ވާދަކުރީ އަންޝަދުއާއި އަޖޯއާގެ ޕެއަރއެވެ. މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޖްމީއާއި ގުލްފިޝާމްގެ ޕެއަރއެވެ. އެއީ ފައިނަލްގައި މަރިޔަމް ޒީނާ އާއި އާމިނަތް މުހައްމަދުގެ ޕެއަރ ބަލިކޮށްގެންނެވެ. މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒީނާއާއި ޕްރަޝާންތަގެ ޕެއަރއެވެ. އެދެކުޅުންތެރިން ފައިނަލްގައި ވާދަކުރީ އަބްދުއަރަހްމާންއާއި ރައުފާގެ ޕެއަރއެވެ.

އައްޑޫ ސިޓީ ހޮރައިޒަން އެކަޑަމީގެ އިންޑޯ ހޯލްގައި ކުރިއަށްގެންދިޔަ މުބާރާތުގައި 34 ޓީޗަރުން ވާދަކުރިއެވެ. ހޮރައިޒަން އެކެޑެމީންން އިސްނަގައިގެން އައްޑޫސިޓީގައި މިފަދަ އެކި ބެޑްމިންޓަން މުބާރާތްތައް ބާއްވަމުން ގެންދެއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން ބައިވެރިކޮށްގެން ކޮންމެ އަހަރަކު ބާއްވާ އޮފީސް މުބާރާތާއި، އައްޑޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ބާއްވާ ބެޑްމިންޓަން މުބާރާތް ހިމެނެއެވެ.