ކުޅިވަރު

ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލަޔަންސްއާއި ޔޫތް ހޯދައިފި


ޤައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ލަޔަންސް އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔޫތް ސްޕޯރޓްސް ކްލަބް ހޯދައިފިއެވެ. 

ލަޔަންސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ރޮކް ސްޓްރީޓާ ވާދަކޮށް، ވާދަވެރި ކުޅުމަކަށްފަހު އެންމެ ތިން ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 25 ޕޮއިންޓް 22 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ލަޔަންސްގެ ފާޠިމަތު ރިޝްމާއެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ލަޔަންސްގެ މައީޝާ އަބުދުލްހައްނާނެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔޫތް ހޯދީ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ޔޫތް ސްޕޯރޓްސް ކްލަބް މެޗު ކާމިޔާބުކުރީ 40 ޕޮއިންޓް 34 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޔޫތްގެ އަހުމަދު ސައިފް ނައީމްއެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިސް ކްލަބްގެ މުޙައްމަދު ޝައިހާންއެވެ.



އަންހެން ޑިވިޝަންގެ އެންމެ މޮޅު 7 ކުޅުންތެރިން:

- ފާޠިމަތު ރިޝްމާ ( ލަޔަންސް )

- ޒުލެއިޚާ އިބްރާހީމް ( ލަޔަންސް )

- އައިމިނަތު ނަޒުރާ ( ލަޔަންސް )

- ނަޝްފާ އާމިރާ ( ރޮކްސްޓްރީޓް )

- ޝިޒްނާ ރަޝީދު ( ރޮކްސްޓްރީޓް )

- މަލްހާ އާދަމް ( ރޮކްސްޓްރީޓް )

- އައިޝަތު ރީމާ ( ރޮކްސްޓްރީޓް )



ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 7 ކުޅުންތެރިން:

- އަހުމަދު އިނާޝް ( ޔޫތް ސްޕޯރތްސް ކްލަބް )

- އަހުމަދު ސައިފް ނައީމް ( ޔޫތް ސްޕޯރޓްސް ކްލަބް )

- އަބުދުﷲ ޒިޔާއު ( ޔޫތް ސްޕޯރޓްސް ކްލަބް )

- އަހުމަދު ނަޖީބު ( ދިވެހި ސިފައިންގެ ކްލަބް )

- އިބްރާހީމް ހައިޝަމް ( ދިވެހި ސިފައިންގެ ކްލަބް )

- އަހުމަދު ރަޒުނީ ( ދިވެހި ސިފައިންގެ ކްލަބް )

- އިސްމާއީލް އަހުމަދު ( ޕޮލިސް ކްލަބް )