ޚަބަރު

ވެމްކޯއިން އިތުރު 5 ވެހިކަލެއް އައްޑޫސިޓީއަށް ގެންގޮސްފި


ވެމްކޯގެ ޚިދްމަތްތައް އައްޑޫސިޓީގައި އިތުރަށްފުޅާކޮށް، ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވެމްކޯއިން އިތުރު 5 ވެހިކަލެއް އައްޑޫސިޓީއަށް ގެނެސްފިއެވެ. 

އައްޑޫސިޓީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވަނީ އައްޑުއަށް އިތުރު ފަސް ވެހިކަލެއް ގެންގޮސް ކުނި އުކާލުމުގެ ޚިދްމަތްދޭންފަށާފައެވެ. އައްޑޫސިޓީއަކީ އާބާދީ ގޮތުން ބޮޑުސިޓީއަކަށް ވެފައި ކުނީގެ މައްސަލަވެސް ބޮޑު ސަރަޙައްދެކެވެ.

އެސިޓީގެ  ކުނިމެނޭޖް ކުރުމުގެ މަސައްކަތާއި ވެމްކޯ އިން ހަވާލުވި އިރު، ވެހިކަލްތައް މަދުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް ބައެއް ވެހިކަލްތަކެއް ކުއްޔައް ނަގައިގެން އައްޑޫގެ ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ވެމްކޯއިން މައުލޫމާތުދޭގޮތުގައި އައްޑޫ ސިޓީއަށް އަލަށް ގެންގޮސްފައިވާ 5 ވެހިކަލްގެ ރަޖިސްޓްރޭޝަން ކަންތައް މިހާރު ވަނީ ނިމިފައި، އޭގެތެރެއިން 3 ވެހިކަލް ބޭނުންކުރާނީ ގުޅިފައިވާ ރަށްތަކުން ކުނިއުކާލުމުގެ ޚިދުމަތް ދިނުމަށް ކަމަށާ، އަނެއް 2 ވެހިކަލް ބޭނުންކުރާނީ ހުޅުދޫ އާއި މީދޫގެ ކުނި ނެގުމަށްކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ. 

ވެމްކޯގެ ޚިދުމަތްތައް އިތުރަށްފުޅާ ކުރުމަށްޓަކައި އިތުރު 5 ވެހިކަލެއް އައްޑޫސިޓީއަށް ގެންގޮސްފައެވެ.