ޚަބަރު

މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަކުރަން ނިންމައިފި


މިއަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަން އިއުލާންކުރެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ މިއަދު އިހަވަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ ފަހުން ފާހަގަކުރި 35 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީގައެވެ. 1981 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ 10 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.