ޚަބަރު

މިކްސްޑް ބެރީސްގެ ޕެކެޓް ބޭނުން ނުކުރުމަށް އަންގައިފި


ކްރިއޭޓިވް ގޯމޭ މަރުކާގެ ގަނޑުކުރި މިކްސްޑް ބެރީސްގެ 300 ގްރާމު ޕެކެޓްތައް ހެޕަޓައިޓިސް އޭ ޖަރާސީމުން ތަޢައްޔަރުވުމުގެ ފުރުސަތު އެބައޮތްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 15 ޖަނަވަރީ 2021 ގެ ނިޔަލަ މުއްދަތު ހަމަވާ މިކްސްޑް ބެރީސް ޕެކެޓްތައް ހެޕަޓައިޓިސް އޭ ޖަރާސީމުން ތަޢައްޔަރުވުގެ ފުރުސަތު އޮތްކަމަށެވެ.

މި އުފެއްދުމަކީ ރާއްޖޭގެ ބާޒާރުން ފެންނަ ތަކެތި ކަމުން މި ތަކެތި ނެގުމުގެ މަސައްކަތް މިހާރު ފުޑް އެނޑް ޑްރަގް އޮތޯރިޓީން އަންނަނީ ކުރަމުންނެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ވަނީ އާންމު ރައްޔިތުނަށް މި ތަކެތި ބޭނުން ނުކުރުމަށް އިލްތިމާސްކޮއްފައެވެ. އަދި ވިޔަފާރި ކުރާ ތަންތަނުން މިތަކެތި ވިއްކުން މަނާކޮއްފައިވާކަމަށާއި ވިއްކަން ހުރިކަން ފާހަގަ ކުރެއްވިޖެއްނަމަ އެ އޮތޯރިޓީގެ ނަމްބަރު 3014361 އާ ގުޅާ އެކަން ރިޕޯޓްކުރުމަށްވެސް އިލްތިމާސްކޮއްފައިވެއެވެ.

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑްގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ އޮތޯރިޓީން، މިހާރު އެތަކެތި ބާޒާރުން އަނބުރާ ނެގުމަށްވަނީ އަންގާފައެވެ.