ޚަބަރު

މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް!


ރާއްޖޭގެ ހުރިހާ މީޑިއާއެއް ރެގިއުލޭޓުކުރުން އެއް ކޮމިޝަނެއްގެ ދަށަށް ގެނައުމަށްޓަކައި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ބިލް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާޢޫދެވެ. މި ބިލުގެ ފުރަތަމަ ކިއުންވަނީ އަންނަ އަންގާރަ ދުވަހުގެ ޖަލްސާއަށް ތާވަލްކޮށްފައެވެ.

މި ބިލަކީ ރާއްޖޭގެ އޮންލައިން ނޫސްތަކާއި ދުވަހު ނޫސްތަކާއި މަޖައްލާތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި، ޓީވީއާއި ރޭޑިއޯގެ ކަންކަން ރެގިއުލޭޓްކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މަސައްކަތްތައް މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި އުފައްދާ ކޮމިޝަނެއްގެ ދަށަށް ބަދަލުކޮށް މީޑިޔާއާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމަށް އެއް ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލެކެެވެ.

މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު އެ ބިލުގެ އިތުރު ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ.