ޚަބަރު

ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ނުބަލާ- ޖޭއެސްސީ


ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ޝައިޚް މުހައްމަދު މޫސާގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބުނެފިއެވެ.

ޅ.އަތޮޅުގެ އިސް މެޖިސްޓްރޭޓް ޝެއިޚް މުހައްމަދު މޫސާގެ މައްސަލައެއް ޖޭއެސްސީއިން ބަލަމުން އަންނަކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައްކާވާހަކަ ދޮގުކުރައްވާ ޖޭއެސްސީގެ އިންފޮރމޭޝަން އޮފިޝަލް ޙަސަން ޒަހީން ވިދާޅުވީ، ޅ.އަތޮޅުގެ އިސްމެޖިސްޓްރޭޓްގެ އެއްވެސް މައްސަލައެއް ޖޭއެސްސީއަށް މިހާތަނަށް ހުށައަޅާފައި ނުވާކަމަށާއި، ޖޭއެސްސީން އަމިއްލައަށް އިސްނަގައިގެންވެސް އެފަދަ މައްސަލައެއް ބަލަމުން ނުދާކަމަށެވެ. އަދި ޝެއިޚް މުޙައްމަދު މޫސާއާއި ގުޅޭ އެއްވެސް ޝަކުވާއެއްވެސް އެކޮމިޝަނަށް މިހާތަނަށް ހުށައަޅާފައި ނުވާކަމަށް ޒަހީން ވިދާޅުވިއެވެ.

ފުލުހުންތަކަކާ ބައްދަލުކުރެއްވި ކަމަށް ބުނެ ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއިން ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަމުންދާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާއިރު މިއީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ނަގާލުމުގެ ބޭނުމުގައިކޮށްފައިވާ ކަމެއްކަމަށް ޖޭއެސްސީން ބުނެއެވެ.