ޚަބަރު

ޒުވާނުންގެ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި


ޒުވާނުންގެ ޤައުމީ އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ ޤައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ އެއްތިރީހުގެ ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި މި އެވޯރޑަށް ކުރިމަތިލެވޭނީ 18 އަހާރާއި 35 އަހަރާ ދެމެދު އުމުރުފުރާގެ ޒުވާނުންނަށް ކަމަށެވެ.

ޒުވާނުންގެ ޤައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ މިއަހަރުގެ ޒުވާނުންގެ އިނާމު 11 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަންނަމަހުގެ 17 ވަނަ ދުވަހު ފަހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށާއި، ޒުވާނުންގެ ޤައުމީ އިނާމް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ބާއްވާ ޙާއްސަ ހަފްލާގައިކަމަށެވެ.

ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 17 ރަވަނަ ދުވަހުއެވެ.