ސިއްހަތު

އަތްދޮވުމުގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ޙަރަކާތްތަކެއް ފަށައިފި


މިއަހަރުގެ އަތްދޮވުމުގެ ދުވަހާ ގުޅުވައިގެން އައި.ޖީ.އެމް.އެޗްގައި ޚާއްސަ ޙަރަކާތްތަކެއް ފަށައިފިއެވެ.

އެގޮތުން އަތްދޮވުމުގެ މުހިންމު ކަމާބެހޭ ގޮތުން އާންމުނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް އައިޖީއެމްއެޗްގައި ވަނީ ފަށާފައެވެ. އައި.ޖީ.އެމް.އެޗް އޯޕީޑީ ސަރަހައްދުގައިއާއި، އާންމުން މަޑުކޮއްލުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މި ޙަރަކާތުގައި އަތްދޮވުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތާއި ކަމާގުޅޭ އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށްގެންގޮސްފައިވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން، އައި.ޖީ.އެމް.އެޗްގެ ޑެޕިޔުޓީ ވޯޑް މެނޭޖާރ ސީނީޒް ރަސީދު ވިދާޅުވީ މިފަދަ ދުވަހެއް ފާހަގ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަތް ދޮވުމުގެ މުހިންމުކަން ހާމަކުރުމާއި، އަތް ދޮވުމަކީ ތަފާތު ބަލިކުން ރައްކާތެރިވުމަށްޓަކައި ވަރަށް މުހިންމުކަމެއްކަން ހާމަކުރުންކަމަށެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އަތް ދޮވުމުގެ ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ "ދުޅަހެޔޮ މުސްތަގުބަލަކަށް ސާފު އަތެއް"މި ޝިޔާރެވެ.

ރާއްޖޭގައިވެސް ފަހަކަށް އައިސް ދަނީ މިދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޙަރަކާތްތައް ހިންގަމުންނެވެ.