ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން އާއި ބައްދަލުކުރައްވައިފިއެވެ.
 
މަސީހު ރަޝިޔާއަށް ވަޑައިގެން އުޅުއްވަނީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަން، އައިޕީޔޫގެ ސަތޭކަ ތިރީސް ހަތްވަނަ ބައްދަލުވުމުގައި ބައިވެރިވެޑައިގަތުމަށެވެ.
 
 img:http://s2.psmnews.mv/images/660x400/15080541707190.jpg| 
 
މި ބައްދަލުވުމުގައި މަސީހާއި އެކު ރައްޔިތުން މަޖިލީހުގެ ވިލި މާފަންނު ދާއިރާގެ މެމްބަރު އަޙުމަދު ނިހާން ހުސައިން މަނިކާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މައުރޫފާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝިދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާއު ބައިވެރިވެ ވަޑައިގަންނަވައެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން އާއި ބައްދަލުކުރައްވާފައިވަނީ އައިޕީޔޫގެ ސަމިޓްހެ ހަވާސާގެ ތެރެއިންނެވެ.