ކުޅިވަރު

އައްޑޫ އޯޕަންސްގެ ގިނަ ވަނަތައް އަފްނާންއަށް


އޭބީސީ އައްޑޫ އޯޕަންސް ބެޑްމިންޓަން ޗެލެންޖް" ގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސެއިން ރިފާއު އަދި  ޗެމްޕިއަންކަން ކުރިން ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާގެ މަޤާމްގައިވެސް ހުރި އައިޝަތު އަފްނާން ރަޝީދު ހޯދައިފިއެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހޮރައިޒަން އެކަޑަމީގެ އަހުމަދު ޝިފާއުއާއި އިބްރާހިމް ނަޝީދުގެ ޕެއަރއެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން އަފްނާންއާއެކު ޙިއްޞާކުރީ ޝިފްނާއެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން މުޙައްމަދު ފަޒީލްއާއެކު ހޯދީވެސް އައިޝަތު އަފްނާން ރަޝީދެވެ.

މިމުބާރާތުގައި އައްޑޫސިޓީގެ ކުޅުންތެރިންގެ އިތުރުން ޤައުމީ ފެންވަރުގެ ރާއްޖޭގެ މޮޅު ކުޅުންތެރިން ވާދަކުރިއެވެ.

މިއީ އައްޑޫ ބެޑްމިންޓަން ކްލަބުން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައިބޭއްވި މުބާރާތެކެވެ. ހިތަދޫ ޔޫތް ސެންޓަރުގައި ކުރިއަށްގެންދިޔަ މިފަހަރުގެމުބާރާތަކީ މީގެ ހަތްވަނަ މުބާރާތެވެ.