ޚަބަރު

ވާދޫ ރިސޯޓް ކައިރީއޮތް ފަރަކަށް ދޯންޏެއް އަރައިފި


ފަރުމަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް، މާލެ އަތޮޅު ވާދޫ ކައިރީ އޮތް ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިރޭ 19:26 ހާއިރުކަމަށް އެފަރާތުން ބުނެއެވެ.. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރކްރާފްޓްގައި ޑައިވިންގ ޓީމަކާއެކު ވަނީ އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފުން ބުނާގޮތުގައި މި ހާދިސާގައި ފަރަށް އަރާފައިވަނީ، "އަލްފާ ރޯޔަލް" ނަމަކަށް ކިޔާ ގާތްގަނޑަކަށް 40 ފޫޓްގެ ދޯންޏެކެވެ. މި ދޯނި ފަރަށް އެރިއިރު، އޭގައި 11 މީހުން ތިއްބެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅެވެ.