ޚަބަރު

ހިތަދޫއަށް 2 ޖަނެރޭޓަރ ގެންގޮސްފި


އައްޑޫ ސިޓީގެ ބައެއް ރަށތަކަށް ދިމާވަމުންދާ ކަރަންޓު ކެންޑުމުގެ މައްސަލަ ހައްލުކުރުމަށްޓަކާ ރޭގެ ވަގުތެއްގައި ހިތަދޫ އަށް 2 ޖަނެރޭޓަރ ގެންގޮސްފިއެވެ. 

މި ފަހަރު އައްޑޫއަށް ގެންދިޔައީ 1.2 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1 މެގަވޯޓްގެ ޖަނެރޭޓަރެކެވެ. މި ދެ ޖެނެރޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި ޖަނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތުގައި 20 ޓެކްނިޝަނުން، 2 ގްރޫޕަކަށް ބަހާލައިގެން އެއްފަހަރާ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. މިމަސައްކަތުގައި އައްޑޫ ފެނަކަ އޮފީހާއި އެސްޓީއޯ އާއި، އެމްއާރްޑީސީ އާއި އެމްޕީއެލްގެ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ފެނަކައިން ފާހަގަކުރެއެވެ. 

ޖަނަރޭޓަރުތައް އިންސްޓޯލްކޮށް 3 ދުވަހުގެ ތެރޭގައި މިހާރު ދިމާވާ ކަރަނޓު ކެނޑޭ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ފެނަކައިން ބުނެއެވެ.