ޚަބަރު

3 ދިވެހިންނާއެކު ޑިންގީއެއް ގެއްލިއްޖެ


ހިންނަވަރުން ފުރައިގެން މިލަދޫއަށް ދަތުރުކުރި ޑިންގީއެއްގެ ޙަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޑިންގީގެ ޙަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:17 ގައި ކަމަށާއި ޑިންގީގައި ތިބީ ތިން ދިވެހިންކަމަށެވެ. އަދި މިއީ 18 ފޫޓްގެ އަޅިކުލައިގެ ޑިންގީއެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޑިންގީ ހޯދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާއިރު ނައިޓް ވިޝަންގެ ޤާބިލްކަން ލިބިފައިވާ ލޯންޗެއްވެސް ޑިންގީ ހޯދުމުގައި ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.