ޚަބަރު

އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ޤައިދީއަކު މަރުވެއްޖެ


މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު އައި.ޖީ.އެމް.އެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ. 

މަރުވެފައިވަނީ އުމުރުން 51 އަހަރުގެ އަބްދުއްރަޝީދު މުޙައްމަދެވެ. ކަރެކްޝަނަލް ސަރވިސުން ބުނީ އޭނާ މަރުވެފައިވަނީ، ބޭރަށް ހިންގާތީ އިއްޔެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ހާލު ސީރިއަސްވެގެން މިއަދު ހެނދުނު ދިހަގަޑި ވިހި އެހާއިރުކަމަށެވެ.