ޚަބަރު

ރައީސްގެ ދެކަނބަލުން އިސްރަށްވެހިންނާ ބައްދަލުކުރުން މިރޭ


މާލޭގައި ތިބި ރާއްޖޭގެ އިސްރަށްވެހިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ބާއްވަވާ ބައްދަލުވުން މިރޭ އޮންނާނެއެވެ. މި ބައްދަލުވުން އޮންނާނީ ރަސްފަންނުގައެވެ.

އިސްރަށްވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން މިރޭ ބާއްވާ ބައްދަލުވުމަކީ ވީހާ ވެސް ގިނަ، އިސްރަށްވެހިންނާ ބައްދަލުކުރައްވައި، އެ މީހުންގެ ޙާލު ބައްލަވައި ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް ބާއްވަވާ ބައްދަލުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ މި ބައްދަލުކުރެއްވުމަކީ އެއްވެސް ފަރާތެއް އިސްތިސްނާކުރެއްވުމެއް ނެތި ހުރިހާ ބޭފުޅުންނަށް ދަޢުވަތުދެއްވައިގެން ބާއްވަވާ ބައްދަލުކުރެއްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން އިސް ރަސްވެހިންނާއެކު ބާއްވަވާ ބައްދަލުކުރެއްވުމަށް އިސްރަށްވެހިންގެ ވީހާ ގިނަ ބޭފުޅުން ބައްދަލުކުރެއްވުމަށް ވަޑައިގަތުމަށް ރިޔާސީ ގަނޑުވަރު، މުލީއާގެއިން އެދެއެވެ.