ޚަބަރު

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާނެ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް އެޖެންޑާކޮށްފިއެވެ. 

މާދަމާ ފަށާ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އެންމެ މަސައްކަތެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިޞްލާޙުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު ހުށައެޅުމެވެ. އެ އިޞްލާޙަކީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ޤާއިމްކޮށް ދަމަހައްޓަންވާނެކަމަށް ބުނެ ހުށައަޅާފައިވާ އިޞްލާހެކެވެ.

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު މިއަހަރުގެ ދެވަނަ ދައުރުގައި ބޭއްވީ އެގާރަ ޖަލްސާއެކެވެ. އަދި ފުރަތަމަ ދައުރުގައި ސާދަ ޖަލްސާއެއް ބާއްވާފައިވެއެވެ.

މަޖިލީހުގެ ދެވަނަ ދައުރުގައި އިދިކޮޅު މެންބަރުންގެ އަޑުގަދަކުރުމާއި އިހްތިޖާޖާއި ރިޔާސަތަށް ހުރަސްއެޅުމުގެ ސަބަބުން މަޖިލީސް ފެނިގެންދިޔައީ ވަރަށް ހަލަބޮލިކޮށެވެ. އަދި އެ އިހްތިޖާޖްގެ ތެރެއިންވެސް ޖަލްސާތައް ބާއްވާ އެޖެންޑާގައިވާ ކަންކަން މަޖިލީހުގެ ރައީސް ކުރިއަށް ގެންދަވާފައިވާކަން ފާހަގަކުރެވެއެވެ.