ދީން

ޤުރުއާން ކިއެވުމުގެ ޤައުމީ މުބާރާތުން އެއްވަނައަށް އަރީން


ކީރިތި ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ ކ.ކާށިދޫ މަރިޔަމް އަރީން އީސާ ހޯދައިފިއެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދި އަރީން މި މުބާރާތުގައި ވާދަކުރީ ފޮތުން ކިޔެވުމުގެ ބައިގައެވެ. ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިނާމް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.

މި މުބާރާތުން އެންމެ މޮޅު މުއައްސަސާއަކަށް ހޮވުނީ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން އޮފް އަސާސް ވިނަވި އެންޑް އިޔާރުއެވެ.

މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އެކި ވަނަވަނަތަކަށް އައި ބައިވެރިންނަށާއި މުއައްސަސާތަކަށް އިމާނުދީފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ހާފިޒްކަމުގެ ސަނަދު ހާސިލްކުރެއްވި ބޭފުޅުންނަށް އިނާމާ ހަނދާނީލިޔުންވަނީ ހަވާލުކޮށްފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގައި 240 ބައިވެރިން ކިޔަވާފައިވެއެވެ.