ތަޢުލީމު

ބީޓެކް ދަރިވަރުންގެ ސްޓޭންޑަޑައިޒޭޝަންގެ މަސައްކަތް ފަށައިފި


ބީޓެކް ހޮސްޕިޓަލިޓީ ކިޔަވާ ދަރިވަރުންގެ ސްޓޭންޑަޑައިޒޭޝަން ފަށައިފިއެވެ.

އޮކްޓޯބަރު 2 ވަނަ ދުވަހުންފެށިގެން 3 ދުވަހުގެ މުއްދަތަކަށްކުރިއަށް ގެންދާ މި ޙަރަކާތަކީ ބީޓެކް ދަރިވަރުންގެ ކިޔެވުމުގެ ފެންވަރުބަލައި އެކުދިންނަށް ސެޓްފިކެޓުދިނުމަށްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މަޢުލޫމާތުދެއެވެ. އިގިރޭސިވިލާތުގެ ޕިއަރސަން ގެ ބޭފުޅަކުވަޑައިގެން ބީޓެކް ދަރިވަރުންގެ ކިޔެވުމުގެ ކަންތައްތައް ހިނގަމުންދާ ގޮތް ބެލުމަށް ކުރިއަށްގެންދާ މި މަސައްކަތުގައި ރާއްޖޭގެ 100 ސްކޫލެއްގެ ބީޓެކް ކުދިންގެ މަސައްކަތް ސްޓޭންޑަޑައިޒްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި ބީޓެކް ކޮލިފިކޭޝަން ކުރިއަށްދާގޮތް އިތުރަށް ތަރައްޤީކުރުމަށް ލަފަ އާއި އިރުޝާދު ޕިއަރސަންގެ ފަރާތުންދޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ބީޓެކް ޕްރޮގްރާމްއަކީ 2014 ވަނަ އަހަރު ސްކޫލްތަކުގައި ވޮކޭޝަނަލް ސްޓްރީމެއްގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މިއަހަރުގެ ޖެނުއަރީމަހު 319 ކުއްޖަކުވަނީ ބީޓެކް ލެވެލް 2 ފުރިހަމަކޮށްފައިވެއެވެ. އޭގެތެރެއިން އަށްޑިހަ އަށެއް އިންސައްތަ ކުދިން މިހާރުތިބީ ވަޒީފާތަކުގައާއި އިތުރަށް ތައުލީމް ހާޞިލްކުރަންކަމަށް އެޑިއުކޭޝަނުން މަޢުލޫމަތުދޭ. ބީޓެކް ސްޓްރީމްގައި މިއަހަރު ތިންހާސް ދުއިސައްތަ ބާވީސް ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު، ބީޓެކް އޭލެވެލްގައި ތިންސަތޭކަ ސާޅީސްދެ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.