ވިޔަފާރި

ޖަރުމަނުގެ މަޝްހޫރު މެޓާބޯގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް


ޖަރުމަނުގެ މަޝްހޫރު މެޓާބޯގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތަޢާރަފުކޮށްފިއެވެ.

ވެލިގާ ހާޑްވެއަރއިން ތަޢާރަފްކުރި މެޓާބޯގެ އެފުދުންތަކުގެ ތެރޭގައި ހިމެނެނީ 100 ބާވަތެއްގެ ޕަވަރޓޫލެވެ. މި އުފެއްދުންތަކާ ބެހޭގޮތުން މައުލޫމާތުދެމުން ވެލިގާ ހާޑްވެއަރގެ ޑިރެކްޓަރ އައްބާސް މުޙައްމަދު ވިދާޅުވީ މެޓާބޯގެ އުފެއްދުންތަކަކީ ފަސޭހަ އަދި ރައްކާތެރިކަމާއިއެކު ބޭނުންކުރެވޭނެފަދަ ގޮތަކަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެއް ކަމަށެވެ.

ކަސްޓަމަރުންގެ ތަރުޚީބަށް ބެލުމަށްފަހު މިފަދަ އިތުރު އުފެއްދުންތައް ބާޒާރަށް ތަޢާރަފްކުރާނެކަމަށް ވެލިގާ ހާޑްވެއަރއިން ބުނެެވެ. މި އުފެއްދުންތަކާއެކު ވެލިގާ ހާޑުވެއަރ އިން ވަނީ އެއްމަސްދުވަހުގެ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މާލޭގެ މަޖީދީމަގު ހުންނަ ވެލިގާ ހާޑްވެއަރ ފިހާރައިންނާއި ހުޅުމާލޭގައި ހުންނަ ވެލިގާ ފިހާރައިން ވެސް މި އުފެއްދުންތައް ލިބެން ހުންނާނެކަމަށް އެ ފިހާރައިންބުނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ވެލިގާ ހާޑްވެއަރގެ ހުރިހާ ފިހާރައަކުންވެސް މެޓާބޯގެ އުފެއްދުންތައް ލިބެން ހުންނާނެކަމަށްވެސް ވެލިގާ ހާޑުވެއަރ އިން ބުނެއެވެ.

ރާއްޖެއަކީ މެޓާބޯއިން އެމީހުންގެ އުފެއްދުންތަށް ތަޢާރަފްކުރި 105 ވަނަ ޤައުމެވެ.