ކުޅިވަރު

ރެކްރިއޭޝަން ފުޓްސެލް މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ


ސާޅީސް ފަސް ޓީމާއެކު ޕްރެޒިޓެންޑްސް ކަޕް ރެކްރިއޭޝަން ފުޓްސެލް މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފަށާނެއެވެ. 

މިމުބާރާތުގެ ގުރުއަތުލުން ރޭ ވަނީ ބާއްވާފައެވެ. މުބާރާތުގައި ފިރިހެން ބައިގަ 38 ޓީމް އަދި އަންހެން ބައިގަ 7 ޓީމް ވާދަކުރާނެއެވެ. މިމުބާރާތުގެ ފިރިހެންބައި ވަނީ އަށް ގުރޫޕަކަށް ބަހާލާފައެވެ. ފިރިހެންބައިގެ ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމް ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެވަނަ ބުރުގައި 16 ޓީމް ވާދަކުރާނެއެވެ. އަދި ދެވަނަ ބުރުން ފެށިގެން ފިރިހެންބައި ކުރިއަށްދާނީ ނޮކްއައުޓް ސިސްޓަމަށެވެ. 

މިމުބާރާތުގެ އަންހެންބައި ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕަކުންވެސް ސެމީ ފައިނަލަށް ދަތުރުކުރާނީ ގުރޫޕްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މިމަހުގެ ފަސްވަނަ ދުވަހު މިމުބާރާތް ހުޅޫވައިދޭނީ އޭޖީ އޮފީހާއި ފެނަކައެވެ. މުބާރާތުގައި ވާދަކުރާނީ އޮފީސް ކުންފުނިތަކުންނެވެ.