ވިޔަފާރި

އެލް މޯބައިލްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި


އެލް މޯބައިލްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

"އެލް މޯބައިލް ޕްލަސް ޓޫ" ގެ ނަމުގައި ހުޅުވި މި ފިހާރަ ހުންނަނީ ނިރޮޅު މަގުގައެވެ. ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލް މޯބައިލްގެ މެނޭޖަރ ޙަސަން ރިފާއު ވިދާޅުވީ މި ފިހަރަ ހުޅުވުމުގެ ބެނުމަކީ އެލް މޯބައިލްގެ ފިހާރަތަށް މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ފަހުގެ އުފެއްދުންތަށް ފޯރުކޮށްދިނުންކަމަށެވެ. އަދި މި ފިހާރައިން އިންސްޓޯލްމަންޓަށް މުދާ ލިބޭނެކަން ރިފާޢު ފާހަގަކުރެއްވިއެވެ.

އެލް މޯބައިލް އިން ހުޅުމާލޭގައި ހުޅުވި އައު ފިހާރައިން މޯބައިލް ފޯނާއި، ގޭތެރެއަށް ބޭނުންވާ ބައެއް ސާމާނާއި ބަދިގެ ސާމާނު ލިބެންހުރެއެވެ. މިއީ އެލް މޯބައިލް އިން ހުޅުމާލޭގައި ހުޅުވި ދެވަނަ ފިހާރައެވެ. މި ފިހާރައާއިއެކު އެ ކުންފުނިން ހިންގާ ފިހާރައިގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ.