ވިޔަފާރި

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު އެސްޓީއޯއިން ބޮޑުކޮށްފިއެވެ.

މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 57 ލާރި ވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 9.17 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކުމަށް ހަމަޖެހިފައިވަނީ 9.52 ރުފިޔާއަށެވެ. 

އެސްޓީއޯއިން ވަނީ މިދިޔަމަހުވެސް ޑީސަލް ލީޓަރަކުން 20 ލާރި، އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ބޮޑުކޮށްފައެވެ. އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގު ހެޔޮކޮށްފައި ވަނީ، މިއަހަރުގެ ޖޫންމަހުގެ އަށާރަވަނަ ދުވަހުއެވެ. އެއީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ޑިއުޓީ 10 ޕަސެންޓުން 5 ޕަސަންޓަށް ކުޑަކުރުމާއި ގުޅިގެނެވެ.