ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ


އުރީދޫ މޯލްޑިވްސްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެއެވެ.

ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފަސްކުރުމާއި، މަލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުން އަދި ޑިރެކްޓަރުންގެ ރިޕޯޓް ފާސްކުރުން އޮންނާނެކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން މިއަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ފާސްކުރުންވެސް އޮންނާނެއެވެ.

މި ޖަލްސާގައި، އެ ކުންފުނީގެ %90.5 ޙިއްސާގެ ވެރިފަރާތްކަމުގައިވާ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ފަރާތުން ބޯޑަށް މެންބަރުން އައްޔަންކުރުވެސް އޮންނާނެއެވެ. ވަތަނިއްޔާ އިންޓަނޭޝަނަލްއަށް ޑިރެކްޓަރުންގެ ބޯޑަށް 7 މެންބަރުން އައްޔަންކުރުމުގެ ބާރު ލިބިފައިވެއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 13 ސެޕްޓެމްބަރު 2017 ގެ ހަވީރު 5 ގެ ކުރިން ރަޖިސްޓްރީވެފައިވާ ކޮންމެ ފަރާތަކަށްވެސް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.