ސިއްހަތު

ކަށީގެ ޑޮކްޓަރުންނަށް ޚާއްސަ ވޯކްޝޮޕްއެއް ބާއްވައިފި


ކަށީގެ ޑޮކްޓަރުންނަށް ޚާއްސަކޮށްގެން އަލްޓްރާ ސައުންޑާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އައިޖީއެމްއެޗްގައި ވޯކްޝޮޕްއެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕް އިންތިޒާމްކޮށްފައިވަނީ މޯލްޑިވިއަން އޯރތޮޕެޑިކް އެސޯސިއޭޝަންގެ ފަރާތުންނެވެ. މި މަސައްކަތު ބައްދަލުވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އޯރތޮޕެޑީޝިއަން އެސޯސިއޭޝަންގެ ރައީސް ޔޫސުފް ޝާން ވިދާޅުވީ، އަލްޓްރާ ސައުންޑް މެޝީން ބޭނުންކޮށްގެން އެތެރެހަށީގެ ގިނަ ބަލިތަކަށް ފަރުވާދެވޭނެކަމަށެވެ. އެގޮތުން މި މެޝިންގެ އެހީގައި ޓްރައުމާރ އަދި ބަނޑުގެ އިންޖަރީ ފަދަ ބޮޑެތި ބަލިތައް ދެނެގަނެވި، އެކަމަށް އަވަސްފަރުވާއެއް ލިބިގަތުމައް މަގުފަހިވެގެންދާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

އަލްޓްރާ ސައުންޑްގެ އެންމެ ބޮޑު އެއްފަސޭހައަކީ އެކްސްރޭ ނުވަތަ އެމްއާރްއައި ފަދަ ޓެސްޓްތަކުން ފެނިގެންނުދާނެ ގިނަ ކަންކަން އެއިން ފެނިގެނަދާންތީކަމަށާއި، މިގޮތުން ގުނަވަންތައް ހަރަކާތްކުރަމުންދާއިރު ދިމާވާ މައްސަލަތައް ދަނެގަނެ އެތަނަށް ޖަހަންޖެހޭ އިންޖެކްޝަން ނުވަތަ ބޭސް އަޅައި ރަނގަޅު ގޮތުގައި އެފަރުވާ އާންމުންނަށް ފޯރުކޮށްދެވިގެންދާނެ މަގުފަހިވެގެންދާނެކަމަށްވެސް ޔޫސުފް ޝާން މައުލޫމާތުދެއެވެ.

މި ވޯކްޝޮޕްގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރަށް އެޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ބައެއް ޕްރައިވެޓް ކްލިނިކްތަކުގެ ކަށީގެ ޑޮކްޓަރުން ބައިވެރިވެފައިވެއެވެ. 1 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި މަސައްކަތު ބައަދަލުވުމުގައި މުޅިއެކު 12 ބައިވެރިން ބައިވެރިވެފައިވެއެވެ.