ވިޔަފާރި

"ގޯލްޑް 100" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


"ގޯލްޑް 100" ނުވަތަ ރާއްޖޭގެ އެންމެ ރަނގަޅު 100 ކުންފުނި ހޮވުމަށް، ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ވިދާޅުވީ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް ހުޅުވިފައިވާކަމަށެވެ. އެންމެ ރަނގަޅު 100 ކުންފުނި އިއުލާންކުރުމަށް ބާއްވާ "ގޯލްޑް 100 ގާލާ" އިވެންޓް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓުކުރާނެއެވެ. ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ފަހު ކުއާޓާގައި ޕަބްލިޝްކުރާ މި ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުއެވެ.

އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.