ޚަބަރު

މާފުށި ޖަލުގައި މާރާމާރީއެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެ


މާފުށީ ޖަލުގައި ހިނގި މާރާމާރީގައި ތިން ގައިދީއަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ކަރެކްޝަނަލް ސާރވިސުން ބުނީ މާރާމާރީ ހިނގާފައިވަނީ ގައިދީންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައިކަމަށެވެ. އަދި މި މާރާމާރީގައި ތިން ގައިދީއަކަށް އަނިޔާވެ ފަރުވާދެމުން އައި ނަމަވެސް އެއްވެސް ގައިދީއަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށެވެ. 

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާ ތަހުޤީގުކުރަމުންދާކަމަށްވެސް ކަރެކްޝަނަލް ސާވިސަސްއިން ބުނެއެވެ.