ވިޔަފާރި

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަމަހު އެއްވަނަ ދުވަހު


އުރީދޫ މޯލްޑިވްސްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އެއްވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ޖަލްސާގާ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފަސްކުރުމާއި، މަލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުން އަދި ޑިރެކްޓަރުންގެ ރިޕޯޓް ފާސްކުރުންވެސް އޮންނާނެކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން މިއަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ފާސްކުރުންވެސް އޮންނާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. 

ކުންފުނީގެ 90.5 އިންސައްތަ ޙިއްސާގެ ވެރިފަރާތްކަމުގައިވާ ވަތަނިއްޔާ އިންޓަނޭޝަނަލްގެ ފަރާތުން ބޯޑަށް މެންބަރުން އައްޔަންކުރުވެސް އޮންނާނެއެވެ. ވަތަނިއްޔާ އިންޓަނޭޝަނަލްއަށް ޑިރެކްޓަރުންގެ ބޯޑަށް ހަތް މެންބަރުން އައްޔަންކުރުމުގެ ބާރު ލިބިފައިވެއެވެ. އެގޮތުން ވަތަނިއްޔާ އިންޓަނޭޝަނަލްއިން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ނިންމާފައި ވަނީ ޑރ. ޝައިޚާ އަލް ޖާބިރުއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 13 ސެޕްޓެމްބަރު 2017 ގެ ހަވީރު 5 ގެ ކުރިން ރަޖިސްޓްރީވެފައިވާ ކޮންމެ ފަރާތަކަށްވެސް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. މި ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ.