ޚަބަރު

ނަދީމްގެ މަރުގެ މައްސަލާގައި 4 މީހަކަށް ދައުވާކޮށްދޭން އެދިއްޖެ


މިއަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު، މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދައުވާކުރުމަށް ހުށައަޅައިފިއެވެ. 

މިމައްސަލައިގެ ތަޙްޤީޤް ނިންމައި، 4 މީހެއްގެ މައްޗަށް ދައުވާކުރުމަށް ހުށައަޅާފައިވާއިރު، ދައުވާކުރުމަށް ހުށައެޅި މީހުންގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ. ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ އިރާކޮޅު ލޮނުޒިޔާރަތްމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި އިންދައި، މޫނު ނިވާކޮށްގެންތިބި ބަޔަކު ކެފޭތެރެއަށްވަދެ ވަޅިން ޙަމަލާދީ މަރާލާފައިވަނީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަޙްމާނެވެ. އޭނާ މަރުވެފައިވަނީ ވަޅިން ހަމާލާދިނުމާގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.