ޚަބަރު

ޝަރުޢީ ދާއިރާގެ ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލުކުރެއްވުން


ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި އިސްވެރިންނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

ސުޕްރީމް ކޯޓްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރިސެޕްޝަންގައި އުއްތަމަ ފަނޑިޔާރުވަނީ ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވައި، ޚާއްޞަ ފަރިއްކޮޅެއް އަރުވާފައެވެ.

މި ރިސެޕްޝަންގެ ތެރެއިން ޝަރުޢީ ދާއިރާގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭން ނެރެފައިވާއިރު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލި އެކްޝަން ޕްލޭންވެސް އުއްތަމަ ފަނޑިޔާރުވަނީ ނެރެދެއްވާފައެވެ.

އުއްތަމަ ފަނޑިޔާރު ދެއްވި މި ފަރިއްކޮޅުގައި ފަނޑިޔާރުންނާއި، ރިޓަޔަރޑް ފަނޑިޔާރުންނާއި، ދައުލަތުގެ ބަންޑާރަނާއިބު ވަނީ ބައިވެރިވެވަޑައިގެންފައެވެ.