ވިޔަފާރި

މަޑޫގަލީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.9 މިލިއަން ޑޮލަރު!


ރިސޯރޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ އއ.މަޑޫގަލީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.9 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައުލަތަށް ދެއްކުމަށް ބްލޫ ލެގޫން އިންވެސްޓްމަންޓްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އއ.މަޑޫގަލީގެ ކުލީގެ ގޮތުގައި ދައުލަތައް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މޯލްޑިވްސް އިންލަންޑް އޮތޯރިޓީ މިރާއިން ދައުވާކުރި މައްސަލާގައެވެ.

ސިވިލްކޯޓްގެ ހުކުމްގައި ބުނެފައިވަނީ އއ މަޑޫގަލީގެ ކުލި ދައްކަންޖެހޭ ތާރީހުގައި ނުދައްކާ އޮތުމުން ޖޫރިމަނާއާއި އެކު 3.9 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭކަމަށެވެ. އަދި އެ ފައިސާ ތިން މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށްވެސް ސިވިލްކޯޓްގެ ހުކުމްގައިވެއެވެ.

މީރާއިން ގެންދަނީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ކޯޓަށް ހުށަހަޅަމުންނެވެ.