ވިޔަފާރި

ފުލައި ދުބާއީން އަގުހެޔޮކޮށް ޓިކެޓް ލިބޭ ފެއަރތަކެއް ފަށައިފި


ފްލައިދުބާއީން ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 80 އަށްވުރެ ގިނަ މަންޒިލަށް އަގުހެޔޮކޮށް ޓިކެޓްލިބޭ ފެއަރތަކެއް ފަށައިފިއެވެ. 

އިކޮނޮމީ އަދި ބިޒްނަސް ކުލާސް ޓިކެޓް ތަކަށްވެސް މި ފެއަރގެ ތެރެއިން 50 ފަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. ފުލައި ދުބާއިން ފެށި މި ފެއަރގެ ޓިކެޓްތަށް އޮކްޓޯބަރ 27 ގެ ނިޔަލަށް ލިބެންހުރިއިރު ފެއަރގެ ޓިކެޓް ގަތުމުގެ ފުރުސަތުވަނީ މިމަހުގެ 27ގެ ނިޔަލަށް ހުޅުވާލާފައެވެ.

ރާއްޖޭގެ އިތުރުން ދެން މި ފެއަރ ހުޅުވާލާފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި ރަޝިޔާ، ޖޯޖިޔާ، ތައިލެންޑް، އިންޑިޔާ އަދި ޔޫކްރެއިން ހިމެނެއެވެ. ފުލައި ދުބާއީން އެ އެއަރލައިނުން ރާއްޖެއާއި ދެމެދު ދަތުރުތަށްފެށީ 2013 ވަނަ އަހަރުއެވެ. ހަފްތާއަކު ފަސްފަހަރު އެ އެއަރލައިނުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުތަށްކުރަމުންނެވެ.