ކުޅިވަރު

އަންހެން ދެ ކުޅުންތެރިންނާއެކު ބިލިއަޑް ޓީމް ތުރުކެމެނިސްތާނަށް


އަންހެން ދެ ކުޅުންތެރިންނާއެކު ރާއްޖޭގެ ބިލިއާޑް ޓީމް 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝިއަލް އާޓްސް ގޭމުގައި ވާދަކުރުމަށް ތުރުކެމެނިސްތާނަށް ހިނގައްޖެއެވެ.

 ބިލިއާރޑް ޓީމުގައި މިފަހަރު ފިރިހެން 6 ކުޅުންތެރިންނާއި އަންހެން 2 ކުޅުންތެރިން ހިމެނެއެވެ. ރާއްޖޭގައި އަންހެން ކުޅުންތެރިން ބިލިއަޑް މުބާރާތްތަކުގައި ވާދަކުރަން ފެށީވެސް މިއަހަރުއެވެ. ޕީއެސްއެމް ސްޕޯޓްސް އަށް މައުލޫމާތު ދެމުން ޓީމުގެ އޮފިޝަލަކު ބުނީ މި މުބާރާތަށް ފަރިތަކުރާތާ 3 މަސް ވެއްޖެ ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދެއްވީތީ އޮލިމްޕިކް ކޮމިޓީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. މުބާރާތަށްދާއިރު ވަކި އަމާޒެއް ނެތް ނަމަވެސް ރަނގަޅު މެޗަކުން މޮޅުވެ، ރަނގަޅު ފައިޓެއްދޭން އުއްމީދުކުރާކަމަށް އޭނާ ބުންޏެވެ.

" ވަކި ޓާގެޓެއް ނެތް ނަމަވެސް ރަނގަޅު މެޗަކުން މޮޅުވެ، ރަނގަޅު ފައިޓެއްދޭން އުއްމީދުކުރަން. ރަނގަޅަށް ތައްޔާރުވެގެން މިދަނީ " ޓީމްގެ އޮފިޝަލް ބުންޏެވެ.

ބިލިއާޑްގެ އިތުރުން ފުޓްސަލްއާއި އެތްލެޓިކްސްއިންވެސް މިގޭމްސްގައި ވާދަކުރެއެވެ.