ވިޔަފާރި

މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ އަދަދު 882،000 އަށް އަރައިފި


މިއަހަރުގެ ޖުލައިމަސް ނިމުނުއިރު ރާއްޖޭގައި މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ އަދަދު އަށްސަތޭކަ އަށްޑިހަ ދެ ހާހަށް އަރައިފިއެވެ.  

މޯލްޑިވްސް ކޮމިއުނިކޭޝަންސް އޮތޯރިޓީއިން އާއްމުކޮށްފައިވާ ޖުލައި މަހުގެ ޓެލެކޮމް ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހާ އަޅާބަލާއިރު ނިމިދިޔަ ޖުލައިމަހު ހަތަރުހާސް ނުވަސްތޭކަ ސައުވީސް ފަރާތުން އަލަށް މޯބައިލްފޯން ބޭނުންކުރަން ފަށާފައިވެއެވެ.

ޖުލައި މަސް ނިމުނުއިރު ރާއްޖޭގައި ސަތޭކަ ހަތަރުހާސް އެއްސަތޭކަ އަށްޑިހަ ހަތް ޕޯސްޕެއިޑް ކަސްޓަމަރުންނާއި ހަތްސަތޭކަ ހަތްދިހަ ހަތް ހާސް އަށްސަތޭކަ ހަތްދިހަ އެއް ޕްރީޕެއިޑް ކަސްޓަމަރުން ރާއްޖޭގައި އެބަތިބި ކަމަށް ތަފާސް ހިސާބްތަކުން ދައްކައެވެ. ލޭންޑްލައިން ފޯނުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އަދަދު ވަނީ ޖޫން މަހާ އަޅާ ބަލާއިރު ޖުލައިމަހު ދަށަށް ގޮސްފައެވެ. އެގޮތުން ރާއްޖޭގައި މިހާރު ލޭންޑްލައިންގެ ޚިދުމަތް ހޯދަނީ ވިހިހާސް ހަތްސަތޭކަ ފަރާތުންނެވެ.