ކުޅިވަރު

ގްރީންއާ ދެކޮޅަށް ނިކުންނާނީ އެޓޭކްވެސް ކުރަން - މާޅޮސް


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓާ ދެކޮޅަށް ނިކުންނާނީ، ފަހަތަށް ޖެހި ތިބެން ނޫންކަމަށް ކޯޗު އަލީ ނިޝްތާރު ބުނެފިއެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ ޑިފެންސަށް ސަމާލުކަން ދިން ނަމަވެސް ގްރީންއާ ދެކޮޅަށް އެޓޭކްކުރާނެކަމަށެވެ. އަދި މެޗަށް ނިކުންނަނީ ތިން ޕޮއިންޓަށް އަމާޒުކޮށްގެންކަމަށް އޭނާ ބުންޏެވެ. ޓީސއާ ދެކޮޅަށް އަދި ނިއުއާ ދެކޮޅަށްވެސް ކުޅުނު ފަދަ ފުޓްބޯޅައެއް ކުޅެ ގްރީންއަށް އުނދަގޫ ކުރާނެކަމަށް އޭނާ ބުންޏެވެ. މެޗަށް ނިކުންނައިރު އޭނާގެ ކަންބޮޑުވުމަކީ އަނިޔާގެ މައްސަލަތައް ހުރުމެވެ. އަނިޔާގެ ސަބަބުން ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭނެކަމަށް ރަށުގައި ޕްރެކްޓިސް ކުރަމުންދާ ޓީމްގެ ކޯޗު ބުންޏެވެ.

" ޓީސީއާ ދެކޮޅަށްވެސް، ނިއުއާ ދެކޮޅަށްވެސް ނިކުއިން ގޮތަށް ނިކުންނާނީ. ހަމައެކަނި ޑިފެންސަށް ވިސްނައިގެންނެއްނޫން. ހަމަ ިން ޕޮއިންޓަށް ނިކުންނާނީ " ނިޝްތާރު ބުންޏެވެ.

ގްރީން ސްޓްރީޓާއި، މާޅޮސް ވާދަކުރާ މެޗުވެސް ޔެސް ޓީވީން ދައްކަން ވަނީ ހަމަޖެހިފައެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.