ޚަބަރު

"ޑިމޮކްރެސީ ރަން 2017" ކ. ހުރާގައި ކުރިއަށްގެންގޮސްފި


"ޑިމޮކްރެސީ ރަން 2017" މާލެ އަތޮޅު ހުރާގައި ކުރިއަށްގެންގޮސްފިއެވެ.

ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ޙަރަކާތަކީ ހުރާގެ ރައްޔިތުންނާއި، ހުރާ ސްކޫލުގެ ދަރިވަރުން ޑިމޮކްރެސީއަށް ހޭލުންތެރިކުރުވުމާއި، މީޑިއާތައް މެދުވެރިކޮށް ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ޑިމޮކްރެސީއާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ހަރަކާތެކެވެ.

ޑިމޮކްރެސީ ރަން 2017 ގައި ދައުލަތުގެ އެކި އެކި މިނިވަން މުއައްސަސާތަކުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންގެ އިތުރުން، ކ.ހުރާ ސްކޫލުގެ ދަރިވަރުންނާއި، އެރަށު ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި، ހުރާ ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.