ކުޅިވަރު

ޗެމްޕިއަންސްލީގުގައި ބަޔާންއަަށްވެސް ރަނގަޅު ފެށުމެއް


ޗެންޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާރން މިޔުނިކުން ބެލްޖިޔަމްގެ އެންޑަރލެޗްގެ މައްޗަށް 0-3 ން ކުރި ހޯދައިފިއެވެ. 

މެޗްގައި ބަޔާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވެންޑޮސްކީ، ތިއާގޯ އަލްކަންޓާރާ އަދި ޖޮޝުއާ ކިމިކްއެވެ. ބަޔާންގެ ފުރަތަމަ ލަނޑަކީ މެޗްގެ 12 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލެވެންޑޮސްކީ ކާމިޔާބުކޮށްދިން ލަނޑެކެވެ. އެންޑަރލެޗް ޓީމުގެ ސްވެން ކުމްސް އަށް މެޗްގެ ކުރީ ކޮޅު ރެފްރީ ރަތް ކާޑެއް ދެއްކުމުގެ ސަބަބުން އެޓީމުން މެޗް ކުރިއަށް ގެންދިޔައީ 10 ކުޅުންތެރިންނާ އެކުއެވެ.

 މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބަޔާންގެ ކޯޗް އެންޗޮލިޓީ ބުނީ މިމެޗް އެހާ ފުރިހަމަ ނުވިނަމަވެސް، މެޗުގެ ކުރީ ކޮޅު ލަނޑެއް ކާމިޔާބު ކުރެވުމުގެ ސަބަބުން މެޗް ކޮންޓްރޯލް ކުރަމުން އައީ ބަޔާނުން ކަމަށެވެ. އެންޑަރލެޗްގެ ކޯޗު ރެނެ ވެއިލަރ ބުނީ އެޓީމުން މެޗް ފެށީ ވަރަށް ރަނގަޅަށް ކަމަށާއި، ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުމުން އޭގެ ފައިދާ ބަޔާނުން ނަގާ 3 ގޯލް ޖެހީ ކަމަށެވެ. އޭނާ ބުނީ  އެޓީމުގެ ފަރާތުން ބަޔާން އާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދެވުނުކަމަށް އޭނާ ޤަބޫލް ކުރާކަމަށެވެ.