ކުޅިވަރު

އޭސީމިލާން ކޮޅަށް ލާޒިޔޯއިން 4 ލަނޑު


ލާޒިއޯއިން އޭސީމިލާން ކޮޅަށް ހަތަރު ލަނޑު ޖަހައިފިއެވެ.

 ސެރީއޭގައި މިލާންގެ މައްޗަށް ލާޒިއޯ ކުރި ހޯދީ ހަތަރެއް އެކަކުންނެވެ. މެޗުގައި ލާޒިއޯއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާ އިޓަލީގެ ފޯވާޑް އިމޯބައިލް ހެޓްރިކް ހެދިއެވެ. އޭނާ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ލާޒިއޯގެ ހަތަރު ވަނަ ލަނޑު ޖެހީ ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރ ލުއިސް އަލްބާޓޯއެވެ. މިލާންގެ ހަމައެކަނި ލަނޑު ޖެހީ ރިކާޑޯ މޮންޓޮލީވޯއެވެ.

 ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން މެޗު ފެށުނީވެސް ކަނޑައެޅިފައިވާ ގަޑިއަށްވުރެ އެއް ގަޑިއިރު ފަހުންނެވެ. މިބައްޔާއެކު އޭސީމިލާން ވަނީ ހަ ޕޮއިންޓާއެކު ހަތް ވަނައަށް ވެއްޓިފައެވެ. ތިންވަނާގައިވާ އިންޓަރމިލާނާއި، ދެވަނާގައިވާ ނަޕޯލީއާއި، އެއްވަނާގައިވާ ޔުވެންޓަސްއަށްވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ލާޒިއޯ އޮތީ ހަތް ޕޮއިންޓާއެކު ހަތަރު ވަނާގައެވެ.