ކުޅިވަރު

ސޮބާއާއި ސެކްލޮސްކީ މުޙިއްމު މެޗަކަށް


ކެޕްޓަން އަސަދުﷲ ޢަބްދުﷲ ނުލާ މިއަދުގެ މެޗަށް ނިކުންނަން ޖެހުމަކީ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށް މާޒިޔާގެ ކޯޗް ސެކުލޮސްކީ ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ގްރީންސް ޓްރީޓާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ސެކުލޮސްކީ ބުނީ ވޭތުވެދިޔަ ތަމްރީނު ތަކުގައިވެސް އަސަދުﷲ ނެތި މިމެޗު ކުރިއަށް ގެންދިއުމަށް ދެ ވިސްނުމަކުން ވިސްނާފައިވާ ކަމަށެވެ. އުއްމީދަކީ ކުޅުންތެރިން އެއްވެސް ވަރަކަށް ފަރުވާ ކުޑަނުކޮށް މެޗުން ތިންޕޮއިންޓް ކަށަވަރުކޮށްގެން ދަނޑުން ފޭބުން ކަމަށް މާޒިޔާގެ ކޯޗް ސެކުލޮސްކީ ބުންޏެވެ. ބްރޭކަށްފަހު ޓީމް ތައްޔާރުވީ ސީދާ މިމެޗަށް ވިސްނައިގެންކަމަށް ކޯޗު ބުންޏެވެ. ގްރީން ސްޓްރީޓަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި އެޓީމާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށްބޮޑަށް ސަމާލްވުން ޖެހޭނެ މެޗެއްކަމަށްވެސް ކޯޗު ބުންޏެވެ.

" އަސަދުﷲ ނެތި ކުޅެން ޖެހުމުން އިތުރު ދެ އޮޕްޝަނެއް މިއައީ ބަލަމުން. އަސަދުﷲ ނެތުމަކީ ޓީމަށްލިބޭ ވަރަށް ބޮޑު އުނިކަމެއް. ވޭތިވެދިޔަ ދެތިން ހަތަރު ހަތަރު އެކަންވާނީ މާޒިޔާއަށް ފެނިފައި. ވަރަށް މަދު މެޗެއް ނޫނީ އަސަދުﷲ ނެތި މެޗް ސްޓާޓް ކޮށްފައެއް ނެތް. " ކޯޗް ސެކުލޮސްކީ ބުންޏެވެ.

ގްރީން ސްޓްރީޓްގެ ކޯޗް ސޮބާޙް މުޙައްމަދު ބުނީ މިސީޒަންގައި އެޓީމް ކުރިމަތިލާނެ އެންމެ ވަރުގަދަ މެޗަކީ މާޒިޔާއާ ދެކޮޅަށް މިއަދު ކުޅޭ މެޗުކަމަށެވެ. މީ ގްރީން ސްޓްރީޓްސްއަށް ގާތްގަނޑަކަށް ފައިނަލެއް ކަމަށް ސޮބާ ބުންޏެވެ.

" އަހަރެން އަބަދުވެސް ކުޅުންތެރިންނަށް ބުނެދެމުން މިއަންނަނީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނޭ ކަމަށް. ކުޅުންތެރިންގެ ނުވަދިހަ އިންސައްތަ މިމެޗްގައި ދީފިނަމަ މާޒިޔާއަކަށްވެސް މިމެޗް ވަކި ފަސޭހައެއް ނުވާނެ. އެކަން މީގެ ކުރިންވެސް މި ކުޅުންތެރިންވަނީ ސާބިތުކޮށްދީފައި. " ގްރީންގެ ކޯޗް ސޮބާޙް މުޙައްމަދު ބުންޏެވެ.

ގްރީން ސްޓްރީޓާއި މާޒިޔާ މިރޭ ވާދަކުރާ މެޗު ޔެސް ޓީވީން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.